ރ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އަރުތަ ހޭންޑްބޯލްގެ 3 ވަނަ މުބާރާތް މިމަހު 15 ގައި ފެށުމަށް ނިންމައިފިއެވެ.

ރ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތް މިއަހަރު 2 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު އަތޮޅުގެ 8 ރަށަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ. ރ. އަތޮޅު ކައުންސިލުން ވަނީ މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ގްރޫޕް އޭ ގައި ހިމެނެނީ:

  1. ހުޅުދުއްފާރު
  2. ދުވާފަރު
  3. މާކުރަތު
  4. ކިނޮޅަސް

ގުރޫޕް ބީ ގައި ހިމެނެނީ:

  1. އަނގޮޅިތީމު
  2. ރަސްމާދޫ
  3. މަޑުއްވަރި
  4. ކިނޮޅަސް

އެމް.ޑަބްލިޔު.އެސް.ސީ އަރުތަ ހޭންޑްބޯލް މުބާރާތް 2025 ގެ ގުރު ނެގުމުގެ ތެރެއިން | ފޮޓޯ: ރ. އަތޮޅު ކައުންސިލް
އަރުތަ ހޭންޑްބޯލް 2025 ގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޓްރޮފީ ހުށަހަޅާފައި ވެއެވެ.

އަރުތަ ހޭންޑްބޯލް މުބާރާތް 2025 ގެ މެއިން ސްޕޮންސަރ އަކީ އެމް.ޑަބްލިޔު.އެސް.ސީއެވެ. މިއަހަރުގެ މުބާރާތް ރ. ހުޅުދުއްފާރުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު މުބާރާތް ބާއްވާ ރަށް ކަނޑައަޅާފައިވަނީ އާންމުކޮށް ހުޅުވާލުމުން އެންމެ ރަނގަޅު ޕްރޮޕޯސަލް ކާމިޔާބު ކޮށްގެންނެވެ.

އަރުތަ 3 ވަނަ ހޭންޑްބޯލް މުބާރާތަށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ ކަމަށް އަތޮޅު ކައުންސިލުން ވަނީ މަޢުލޫމާތު ލިބިފައެވެ. އަރުތަ ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަންކަން އަނގޮޅިތީމު ހޯދިއިރު ފާއިތުވި އަހަރުގެ ޗެމްޕިއަން ޓީމަކީ ކިނޮޅަސްއެވެ.

ރ. އަތޮޅު ކައުންސިލުން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ރ. މާކުރަތުންވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި މާކަުރަތު ހިމެނިފައިވަނީ ގުރޫޕް އޭ ގައެވެ.