"އަހަރުމެން ފަލަސްޠީނާއެކު" ފަންޑަށް އެހީތެރިވުމަށް މާކުރަތުގައި ބެހެއްޓި ފަންޑު ފޮށްޓަށް އިރުމަތީ އަވަށު އަންހެނުންގެ ފަރާތުން ވިހި ހާހަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ޔަހޫދީ އިސްރާޢީލުގެ ހަމަލާތަކުގައި ފަލަސްޠީންގެ މުސްލިމުންނަށް ދެމުންދާ އަނިޔާތަކާ ދެކޮޅަށް މިދިޔަ އާދީއްތަ ދުވަހު މާކުރަތުގައި ބޭއްވި ހިނގާލުމަށްފަހު ބެހެއްޓި ފަންޑު ފޮށްޓަށް ގިނަ ބައެއްގެ ފަރާތުން އެހީތެރިކަން އަންނަނީ ލިބެމުންނެވެ. މިހިނގާލުމަށްފަހު ފަންޑު ފޮށި ބަހައްޓާފައިވަނީ މާކުރަތު ކައުންސިލް އިދާރާގައެވެ.

މާކުރަތުގައި ބެހެއްޓި ފަންޑު ފޮށްޓަށް އިރުމަތީ އަވަށު އަންހެނުންގެ ފަރާތުން ޖުމްލަ 21420ރ (އެކާވީސް ހާސް ހަތަރު ސަތޭކަ ވިހި) ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. 

މި ފަންޑަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލަށް ވަޑައިގެން އެހީތެރިކަން ފޯރުކޯށްދެވޭނެކަމަށް ކައުންސިލުން ބުނެއެވެ. އަދި ކައުންސިލް އިދާރާގެ އެކައުންޓް ނަންބަރު (7717700400001 - 1346 ރެވެނިއު 1) އެކައުންޓަށްވެސް ފައިސާ ޖަމާކުރެވޭނެއެވެ. މިގޮތަށް ފައިސާ ފޮނުއްވާ ފަރާތްތަކުން ފައިސާ ފޮނުވި ސްލިޕް 7339830 ވައިބަރ ކުރެއްވުމަށް ކައުންސިލުން އެދެއެވެ.

"އަހަރުމެން ފަލަސްޠީނާއެކު" ފަންޑަށް އެހީތެރިވުމަށްޓަކައި މާކުރަތު ކައުންސިލްގައި ބަހައްޓާފައިވާ ފޮށްޓަށް އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.