މާކުރަތު ސްކޫލުގެ 23 ވަނަ އިންޓަރ ހައުސް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް މިމަހު ފަހު ކޮޅުގައި ފަށަން ހަމަޖެހިފައިވާކަމަށް މާކުރަތު ސްކޫލުގެ އިސްލާމް ކުލަބުން ބުނެފިއެވެ. މިމުބާރާތަކީ އެކުލަބުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މިމުބާރާތަކީ ސްކޫލްގެ 3 ހައުސްގެ މެދުގައި ކުރިއަށް ގެންދެވޭ ވާދަވެރި މުބާރާތެކެވެ. އެއީ ޣާޒީ ހައުސްއާއި ހުރަވީ ހައުސްގެ އިތުރުން އިސްކަންދަރު ހައުސްއެވެ.

މާކުރަތު ސްކޫލުގެ 24 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ތެރެއިން | ފޮޓޯ: މާކުރަތު ސްކޫލު

މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު މަގުޞަދަކީ ކުދިންގެ މެދުގައި ކީރިތި ޤުރުއާން ކިޔަވައި، ޤުރުއާނަށް ޝައުޤުވެރިކަން އަށަގެންނެވުން ކަމަށް އެކުލަބުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވާ ކުދިންގެ އަދަދު އަހަރަކަށްވުރެ އަހަރެއް ދަނީ އިތުރު ވަމުންކަން އެކުލަބުން ފާހަގަކުރެއެވެ. މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޤައުމީ މުޤައްރަރުގައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށެވެ.