އިސްރާއީލުގެ ޔަހޫދީން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުން ނަޞްރު ލިބުމަށް އެދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލަރގައި ވަނީ އިސްރާއީލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދެއްވައި، އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އަޑުއަހަރުކޮށް، ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިޢުތިދާލުގައި ގުނޫތު ނާޒިލާ ކިއުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގަވައި ދެއްވުން އެދޭކަމަށް މިނިސްޓްރީން ބުނެފައެވެ. މާލެ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ސިޓީ ކައުންސިލްގެ އިދާރާ އާއި އަތޮޅު ކައުންސިލް އިދާރާ އާއި ރަށު ކައުންސިލް އިދާރާ އަށް ފޮނުވި ސާކިއުލާގައިވެއެވެ.

އިސްރާއީލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށުމާއި ގުޅިގެން އެހަމާލަތުގެ ރައްދުގައި ހަމާސް ޖަމާއަތުގެ ފަރާތުން އިސްރާއީލަށް ހަމަލާ ދީފައިވެއެވެ. އެގޮތުން ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާގައި އިޒްރާއީލްގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެގެންގޮސްފައިވެއެވެ. 

ފަލަސްތީނާއި އިޒްރާއިލްގެ ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 900 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، އިސްރާއީލުން 1،200 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. ޣައްޒާ އިން 5،000 އަށް ވުރެ ގިނަ މީހުންނަށް ޒަހަމް ލިބުނު އިރު، އިސްރާއީލުން ވަނީ 2،000 އަށް ވުރެ ގިނަ މީހުންނަށް ޒަހަމް ލިބިފައެވެ.