މިއަހަރުގެ ރިޔާސީ އިންތިޙާބުގައި ވޯޓުލުން ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޙާބުގެ ކެމްޕެއިނުގައި އަތޮޅު ތެރެއަށް ކުރައްވާ ދަތުރުގައި ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދު އަށް ވަޑައިގެން ރައީސް ސޯލިޙް ވިދާޅުވީ މި ފަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރަން ޖެހޭ ކަމަށާ ވޯޓުލުން ދެވަނަ ބުރަކަށް ހިނގައްޖެ ނަމަ ގައުމު ވަރަށް ބޮޑަށް ހަލަބޮލިވާނެ ކަމަށެވެ.

މި ދެވަނަ ބުރަކަށް ގޮސް އަނެއްކާވެސް ބޮޑު ހަލަބޮލި ކަމަކަށް މި ރާއްޖެ ގޮސްދާނެ. އެ ފުރުސަތު ނުދެއްވުން އެއީ ވިސްނަން ޖެހޭ ކަމެއް. އެ އަށް އެނބުރި ގޮއްސިއްޔާ ދެން ވެދާނެ ގޮތް ހީވެސް ނުކުރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ކިނބިދު އަށް ވަޑައިގެން  އެރަށު ރައްޔިތުންނާ ބައްދަލުކޮށް  ދެއްކި ވާހަކައިގައި  ރައްޔިތުން ވެސް ހިޔާލު ތަފާތުވުން އެއް ފަރާތްކޮށް، އިންތިހާބުގައި އެ މަނިކުފާނަށް ވޯޓު ދޭން ވަނީ އެދިވަޑައިގެންފައެވެ.